އެމްޕޮކްސްގެ ނުރައްކާތެރި ކޭހެއް ޔޫކޭ އިން ފެނިއްޖެއެވެ.
ޔޫކޭއިން ފެނިފައިވަނީ އެމްޕޮކްސް ނުވަތަ ފުރިހަމަ ނަމުންނަމަ މަންކީ ޕޮކްސްގެ އެންމެ ނުރައްކާތެރިކަމަށް ކަނޑައަޅާފައިވާ ބާވަތްކަމަށާއި އެފްރިކާގައި ވެސް ހަލުވިކަމާއެކު ފެތުރެމުން ދަނީ އެމްޕޮކްސްގެ ހަމަ އެ ބާވަތް ކަމަށް އޮފިޝަލުން ބުނެއެވެ.
ޔޫކޭގައި ފެނިފައިވާ އެމްޕޮކްސް ކޭސް އަށް ޕޮޒިޓީވް ވި މީހާ ދާދިފަހުން އެފްރިކާގެ ގައުމަކަށް ޗުއްޓީއަށް ދަތުރުކުރިކަމަށާއި އެނބުރި ޔޫކޭއަށް އެތެރެވިތާ 24 ގަޑިއިރުފަހުން ބަލިވާން ފެށިކަމަށް އޮފިޝަލުން ބުނެއެވެ.
އެމްޕޮކްސް އަށް ޕޮޒިޓިވްވި އެ މީހާގެ ސާމްޕަލް ޓެސްޓުކުރުމުން ވަނީ އެއީ އެމްޕޮކްސްގެ އެންމެ ނުރައްކާތެރި ބާވަތް ކަމަށް ޕޮޒިޓިވް ވެފައެވެ.
ޔޫކޭގެ ރޯޔަލް ފްރީ ހޮސްޕިޓަލުގައި އެމީހާއަށް އެކަހެރިކޮށްގެން ފަރުވާ ދެމުން އަންނަ އިރު އެމީހާގެ ފަރާތުން އިތުރު ބަޔަކަށް ބަލި ފެތުރިދާނެ ކަމަށް ބެލެވޭ ފަރާތްތައް މޮނިޓާ ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ