ވިހެއުމަށްފަހު، ބަތަލާ ޔާމީ ގައުތަމް ފިޓްނެސް ރޫޓީންނަށް އެނބުރި އައުމުގެ މަސައްކަތް ފަށައިފިއެވެ.
އޭނާ ވަނީ ޖިމުން ނަގާފައިވާ ފޮޓޯތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުގައި ކަޅު ކުލައިގެ ޖިމް ހެދުމުގައި އޭނަ ހުރީ ޑަމްބެލްއެއް ހިފައިގެންނެވެ. ފޮޓޯގެ ކެޕްޝަނުގައި"ފިޓްވުމުގެ ވަގުތ" މިހެން ލިޔެފައިވެއެވެ.
ޔާމީ ފުރަތަމަ ދަރިފުޅު، ވޭދަވިދް ޔާމީ ވިހާފައިވަނީ މިއަހަރު މެއި މަހުއެވެ. ވޭދަވިދް އުފަންވީއްސުރެ ޔާމީ ވަނީ އޭނާގެ މުޅި ހަޔާތް ދަރިފުޅަށް ޓަކައި ހުސްކޮށްފައެވެ. މިހާރު އޭނާ އަމާޒު ހިފާފައިވަނީ މަންމައެއްގެ ގޮތުގައި އަދާކުރަން ޖެހޭ ދައުރާއި ފިޓްނެސް ލަނޑުދަނޑިތައް ހާސިލުކުރުމާ ދެމެދު ބެލެންސެއް ހޯދުމަށެވެ.
'ވިކީ ޑޯނަރ' އަދި 'އުރީ: ދަ ސަރޖިކަލް ސްޓްރައިކް' ފަދަ ފިލްމުތަކުގައި އަދާކޮށްފައިވާ ދައުރުތަކުން މަޝްހޫރުވެފައިވާ ޔާމީ، މިހާރު ވަނީ މަޑުމަޑުން މަސައްކަތަށްވެސް ނުކުންނާން ފަށާފައެވެ. އޭނާ ވަނީ ކުރީގައި ނަގާފައިވާ ޕްރޮމޯޝަނަލް ޝޫޓެއްގެ ފޮޓޯއެއް ހިއްސާކޮށް، އަނބުރާ އައުމުން ކިހާ ރަނގަޅު އިހުސާސެއް ކުރެވުނުކަން ބަޔާންކޮށްފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް