އަނީސް ބަޒްމީގެ ބިރުވެރި ކޮމެޑީ ފިލްމު، "ބޫލް ބުލައްޔާ 3' ގައި ވިދްޔާ ބަލާން 'މަންޖުލިކާ' ގެ ރޯލުން ވަރަށް އަވަހަށް ފެނިގެންދާނެއެވެ.

ފިލްމާ ގުޅޭގޮތުން ދިން އިންޓަވިއުއެއްގައި ވިދްޔާ ބުނީ 2007 ވަނަ އަހަރު ޕްރިޔަދަރްޝަން ޑައިރެކްޓްކުރި ފުރަތަމަ ބައިގައި އޭނާ ހަނދާންތައިނުލެވޭ ފަދަ ޕާފޯމަންސެއް ދެއްކުނު ކަމަށެވެ. ނަމަވެސް އެ ފިލްމަށް އެއްވެސް ނޮމިނޭޝަނެއް ނުލިބުނު ކަމަށެވެ.

"އެ ދުވަސްވަރު، އަހަރެން ކައިރީ ބުނީ މިއީ މަލަޔާޅަމް ފިލްމެއްގެ ރީމޭކަކަށް ވާތީ، އަހަރެންގެ ޕާފޯމަންސް ނޮމިނޭޝަނަށް ޝަރުތު ހަމަނުވާ ކަމަށް. އެހެންވީމާ އަހަރެން 'އޯކޭ، ރަނގަޅު' ކަމަށް ބުނިން. އެކަމަކު އަހަރެންގެ ބައްޕަ ވަރަށް ބޮޑަށް ހިތާމަކުރި. އެކަން އަހަރެން ހަނދާން އެބަހުރި. ދެން އިންސާނުން ކުރިއަށް ދާންޖެހޭނެތާ! ބައެއްފަހަރު އެހެން ވާނެ. އެކަމަކު މައިންބަފައިންނާއި އާއިލާ ހިތްދަތިވި. ވިދްޔާ ބުންޏެވެ.

2008 ވަނަ އަހަރު، އިމްތިޔާޒް އަލީގެ ރޮމޭންޓިކް ކޮމެޑީ 'ޖަބް ވީ މެޓް' ގައި ކުޅުނު މަޝްހޫރު 'ގީތް' ގެ ރޯލަށް އެންމެ ރަނގަޅު އަންހެން ތަރީގެ ގިނަ އެވޯޑުތަކެއް ކަރީނާ ކަޕޫރު ހޯދިއެވެ. ނަމަވެސް، ވިދްޔާއަށް އޭގެ ފަހުން ވިދިވިދިގެން ހަތަރު އަހަރު އެންމެ ރަނގަޅު އަންހެން ތަރީގެ އެވޯޑުތައް ލިބުނެވެ. އެއީ 2010 ގައި އާރް ބަލްކީގެ 'ޕާ'، 2011 ގައި އަބިޝެކް ޗައުބޭގެ 'އިޝްޤިޔާ'، 2012 ގައި 'ދަ ޑާޓީ ޕިކްޗަރ' އަދި 2013 ގައި 'ކަހާނީ' އަށެވެ.