ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ގެކޮޅު ދާރުލްއާސާރަކަށް ބަދަލުކުރަން ނިންމައިފިއެވެ.
ޝެއިހް ހަސީނާގެ ގެކޮޅު ދާރުލްއާސާރަކަށް ބަދަލުކުރުމަށް އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އާބާތުރަ ފިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
އޮފިޝަލުން ވިދާޅުވީ ހަސީނާގެ ގެކޮޅު ދާރުލްއާސާރަކަށް ބަދަލުވުމުން، އެތަނުން ކުރީގެ ހަނދާންތައް ފެނިގެން ދާނެ ކަމަށާއި ގައުމު ހިންގުމުގައި ހިނގައިދިޔަ ދޯދިޔާ ކަންކަން ވެސް ފެނިގެންދާނެ ކަމަށެވެ.
އޮފިޝަލުން ވިދާޅުވީ ހަސީނާގެ ގެކޮޅު ދާރުލްއާސާރަކަށް ބަދަލުކޮށް ނިމުމުން އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.
ޝެއިހް ހަސީނާ ގައުމު ދޫކޮށް ފިއްލަވާފައިވަނީ އެގައުމުގައި އާންމުން ނުކުމެ ސަރުކާރާ ދެކޮޅަށް ހިންގަން ފެށި ބޮޑެތި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ނެރެ ހިންގި އަމަލުތަކުގައި މުޒާހަރާގެ އެތައް ބަޔަކު މަރުވުމުން، މުޒާހަރާތައް އިތުރަށް ހޫނުވުމުންނެވެ.
ގައުމު ދޫކުރައްވައި ޝެއިހް ހަސީނާ ވަނީ އަވައްޓެރި އިންޑިއާއަށް ދިރިއުޅުން ބަދަލުކުރައްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ