އުރީދޫގެ ކަސްޓަމަރުންނަށް އަންނަ އަހަރުގެ ދޯހާ މެރަތަން 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫން މިއަދު މީޑިއާތަކަށް ބުނީ، އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް މި މަހުގެ 26 އިން ނޮވެމްބަރު 26ގެ 23:59 އާ ހަމައަށް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެެވެ.
ދޯހާ މެރެތަން 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 17ގައި ގަތަރުގައެވެ. އުރޫދޫ ކަސްޓަމަރުންގެ ތެރެއިން ދެ ނަސީބުވެރިޔަކަށް އެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
- އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަހު ހުރުން، ލަސްވެގެން 1 އޮކްޓޯބަރު 2023 އިން ފެށިގެން
- ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލުކަން ހުރުން (ސިއްހީ ގޮތުން)، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން
- ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން
ދޯހާ މެރެތަންއާ ގުޅޭ އިތުރު މައުލޫމާތު https://www.dohamarathonooredoo.com/ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު