ބޮލީވުޑްގެ ނަން މަޝްހޫރު އެކްޓްރެސް ރަވީނާ ޓަންޑަން، އޭނާގެ ބޮލީވުޑް ކެރިއަރުގައި ކުރިމަތިވި ސިޔާސީ އަދި އެހެނިހެން ބައެއް ނުފޫޒުތަކާ ގުޅޭގޮތުން ވާހަކަދައްކައިފިއެވެ. އޭގެ ތެރޭގައި ފިލްމީ ދާއިރާގެ ބާރުވެރީންގެ އުނދަގޫތަކުގެ ސަބަބުން އޭނާއަށް މުހިންމު ރޯލްތައް ގެއްލުނު އެތައް ހާދިސާއެއް ހިއްސާކޮށްފައިވެއެވެ.
ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ރަވީނާ ވަނީ ޑޭވިޑް ދަވަންގެ "ސާޖަން ޗަލޭ ސަސޫރާލް" އަދި 'ވިޖޭޕަތް' އެކްޝަން ފިލްމުން އޭނާ ބާކީކޮށްލި ގޮތުގެ ވާހަކަވެސް ހިއްސާކޮށްފައެވެ. މި ފިލްމުތަކުގައި އޭނާގެ ބަދަލުގައި ކަރިޝްމާ ކަޕޫރު އަދި ތާބޫ ބައިވެރިވިއެވެ.
ގޯވިންދާ އަދި ކަރިޝްމާ ކަޕޫރު ފެނިގެންދިޔަ، ޑޭވިޑް ދަވަން ޑައިރެކްޓްކުރި 'ސާޖަން ޗަލޭ ސަސުރާލް' ފިލްމަކީ ވަރަށް ބޮޑު ހިޓެކެވެ.
"ގޯވިންދާއާ އެކުއެކީ ސޮއިކޮށްގެން ހުއްޓާ، ފަހުން ފިލްމީ ދާއިރާގައި އޮތް ނުރަނގަޅު ސިޔާސަތުގެ ސަބަބުން އަހަރެން ބަދަލުކުރީ." އިންޓަވިއުގައި ރަވީނާ ބުންޏެވެ.
މީގެ އިތުރުން އޭނާ އަބަދުވެސް ގަބޫލުކުރަނީ ރަނގަޅު ވާދަވެރިކަމަކީ މީހާގެ އެންމެ ރަނގަޅު ސިފަތައް ނެރެދޭ އެއްޗެއްކަމަށާއި ނަމަވެސް އޭނާއަކީ އެހާ ހަރުކަށި މީހެއް ނޫންކަމަށް ބުނެފައިވެއެވެ. އޭނާ ފިލްމީ ދުނިޔޭގެ ސިޔާސީ ކުޅިވަރުގައި ބައިވެރިވެފައި ނުވާނެ ކަމަށާއި އެކަމަކު އޭނާއާ ދެކޮޅަށް އެހެން މީހުން ސީދާ މަސައްކަތް ކޮށްފައިވާކަމަށް ބުންޏެވެ.
ރަވީނާ ވަނީ މީގެ ކުރީން ވެސް ކަރިޝްމާ ކަޕޫރާއެކު އޮތް ގުޅުމާއި ކުރީގެ ދަތި ދުވަސްވަރާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި، ރަވީނާ ހިއްސާކުރި ގޮތުގައި "އަންދާޒް އަޕްނާ އަޕްނާ" ފިލްމު ކުރެވެމުންދިޔައިރު އޭނާއާއި ކަރިޝްމާއާ ދެމެދު ރަނގަޅު ގުޅުމެއް ނެތެވެ.
"ހުރިހާ މީހުންނާ ގުޅުން ރަނގަޅުވާކަށް ނުޖެހޭނެ ދޯ؟ އެހެން ނޫނަސް އޭރު އަހަރެމެންނަކީ ކުޑަކުދީން." ރަވީނާ ބުންޏެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން