ފާތިމާ ސަނާ ޝައިހް އަދި އާރް. މަދަވަން ޑާމެޓިކް އެންޓަރޓެއިންމަންޓްގެ ދަށުން އާ ފިލްމެއްގެ މަސައްކަތް ފަށައިފިއެވެ. މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގައެވެ.
މިއީ ދުވަސްވީ ފިރިހެނަކާއި ޅަ އަންހެނަކާ ދެމެދު އުފެދޭ ލޯބީގެ ހާއްސަ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. މިއީ ފާތިމާ ޑާމެޓިކް އެންޓަޓެއިންމަންޓާއެކު މަސައްކަތްކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ "އަޖީބް ދާސްތާން" ގައި އޯޓީޓީ އެންތޮލޮޖީއެއްގައި ބައިވެރިވެފައެވެ. މަދަވަންއަށް މިއީ ލޯބީގެ ދައުރުތަކަަކަށް އަނބުރާ އައުމެކެވެ. މިއީ އޭނާގެ މަޝްހޫރު ފިލްމު "ރެހެނާހޭ ތޭރޭ ދިލް މޭން" ގައި ކުޅުނު ފަދަ ދައުރެކެވެ.
މާދްވަންގެ އެންމެ ފަހުގެ މަސައްކަތް ކަމުގައިވާ "ޝައިތާން" އަކީ ވިކާސް ބާލް ޑައިރެކްޓްކުރި ފިލްމެކެވެ. މި ފިލްމުގައި އަޖޭ ދޭވްގަންއާއެކު މަދަވަން ދައްކައިދިނީ އޭނާގެ އަނދިރި އަދި ނުބައި ފަރާތެވެ.
މި ފިލްމުގެ އިތުރުން، ފާތިމާ އެންމެ އަވަހަށް ފެނިގެންދާނީ އަނުރާގް ބާސޫގެ "މެޓްރޯ އިން ދިނޯ" ފިލްމުގައެވެ. މި ފިލްމުގައި އަދިއްތިޔާ ރޯއި ކަޕޫރް އަދި ސާރާ އަލީ ޚާން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން