އާމިރު ޚާނާއި ސޫރިޔާ 'ގަޖިނީ 2' ގެ ނަމުގައި 'ގަޖިނީ' ގެ ދެވަނަ ބައި ގެނެސްދޭން ތައްޔާރުވަމުން އެބަދެއެވެ. ހަބަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި މި ދެ އެކްޓަރުންވެސް އެއް ވަގުތެއްގައި ހިންދީ އަދި ތަމަޅަ ބަހުން ފިލްމުގެ އެމީހުންގެ ބައިތައް ކުރިއަށް ގެންދާނެއެވެ. މި ނިންމުމުގެ މަގުސަދަކީ ފޭނުންނަށް ދެ ފިލްމުވެސް އެއް ދުވަހެއްގައި ބެލޭނެ ގޮތް ހެދުމާއި، ފްރެންޗައިޒްގެ އާ ކަންތައްތައް ހިފެހެއްޓުމެވެ.
'ގަޖިނީ 2' އަށް އާ ވާހަކައެއް އުފެއްދުމަށް ޕްރޮޑިއުސަރުންކަމުގައިވާ އަލްލު އަރްވިންދު އަދި މަދޫ މަންޓެެނާ ވަރަށް ޝައުގުވެރިވެއެވެ. އެމީހުން ރާވާފައިވަނީ ދެބައިވެސް އެއް ވަގުތެއްގައި ޝޫޓް ކުރުމަށެވެ. މިއީ ދެބައި ދައްކާއިރު މީހުންގެ ޝައުގުވެރިކަން ކުޑަވެދާނެތީ އެކަން ހުއްޓުވުމަށް ކުރާ ކަމެކެވެ. ޕްރޮޑަކްޝަނާ ގާތް ފަރާތަކުން ބުނެފައިވަނީ، ސޫރިޔާ އާއި އާމިރު ޚާން، ދެމީހުންވެސް 'ގަޖިނީ 2' ގެ ހިޔާލާމެދު ވަރަށް ޝައުޤުވެރިވާ ކަމަށާއި އެހެންނަމަވެސް އެމީހުންގެ ފިލްމަށް ރީމޭކެއްގެ ނަން ކިޔާން ނޭދޭ ކަމަށެވެ. އެހެން ނަމަވެސް މި ގޮތަށް ކަންތައް ކުރުމަކީ އިންޑިއާގެ ސިނަމާގައި އިތުރުވަމުން އަންނަ ޓްރެންޑެކެވެ. މިގޮތަށް އެއް ވަގުތެއްގައި ތަފާތު ބަސްބަހުން ފިލްމު ރިލީޒްކުރުމަކީ ތަފާތު ބާވަތުގެ މީހުންނަށް އަމާޒުކޮށްގެން ކުރާ ކަމެކެވެ.
2008ގައި ރިލީޒްކުރި އަސްލު ހިންދީ ވާޝަންގައި އާމިރު އަދާކުރި ދައުރު އޭނާ އަލުން ގަޖިނީ 2ގައި އަދާކުރާނެއެވެ. އަދި ތަމަޅަ ވާރޝަންގައި މައިގަނޑު ދައުރު އަދާކުރުމަށް ސޫރިޔާ އަނބުރާ އަންނާނެ އެވެ. ގަޖިނީ އަކީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. ހާއްސަކޮށް އާމިރުގެ ވާރޝަނަކީ ބޮކްސް އޮފީހުން 100 ކްރޯޑު ރުޕީސް ހޯދި ފުރަތަމަ ބޮލީވުޑް ފިލްމެވެ. ދެ އެކްޓަރުންވެސް ވަނީ 'ގަޖިނީ 2' އަކީ ހަމައެކަނި ފައިސާ ހޯދުމަށް ހަދާ ފިލްމެއްގެ ބަދަލުގައި، ކުރީގެ ފިލްމުގެ ދެވަނަ ބައެއްގެ ގޮތުގައި އަންނަ ފިލްމަކަށް ހެދުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދީފައެވެ.
އިތުރު ތަރީންގެ މައުލޫމާތު އަދި އާންމުކޮށްފައި ނުވިނަމަވެސް، އަސްލު ދެ ފިލްމުގައިވެސް ތަމްސީލުކުރި އަސިން، މި ފިލްމުގައި ފެނިދާނެކަމަށް ނުވަތަ ކޮންމެވެސް ގޮތަކުން ބައިވެރިވެދާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ޕްރޮޑިއުސަރުންގެ މަގުސަދަކީ ދެ ވާރޝަންގެ ފޭނުންނާ ގުޅުންހުރި، އެއްގޮތްކަމެއް ހުރި ވާހަކައެއް އުފެއްދުމެވެ.
ފިލްމު އަޅުވާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވިނަމަވެސް، 2025 ގެ މެދުތެރޭގައި އިތުރު މައުލޫމާތު ލިބޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަނީ ސްކްރިޕްޓް ނިންމައި، ފިލްމު ޝޫޓް ކުރުމަށް ތައްޔާރުވުމަށެވެ. ގިނަ ބަޔަކު އުއްމީދުކުރަނީ މި ފިލްމަކީ ކުރީގެ ފިލްމާ އެއްފެންވަރުގެ ފިލްމަކަށް ވާނެކަމަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން