އެމެރިކާގެ އެންމެ އުމުރުން ދުވަސްވީ މީހާ މަރުވެއްޖެއެވެ.
އެމެރިކާގެ އުމުރުން 115 އަހަރުގެ އެލިޒަބަތް ފްރަންސިސް މަރުވެފައިވާކަން އޭނާގެ އާއިލާއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހުންގެ މައުލޫމާތުތަކުން ހާމަވާ ގޮތުގައި ފްރަންސިސްއަކީ އޭނާ މަރުވުމާއި ހަމައަށް ދުނިޔޭގައި ހުރި ތިން ވަނައަށް އެންމެ އުމުރުން ދުވަސްވީ މީހާއެވެ.
ޖުލައި 25، 1909 ގައި އުފަންވި ފްރަންސިސް އަކީ އޭނާގެ އުމުރުން 11 އަހަރުގައި އެމެރިކާގެ ހިއުސްޓަގައި ދިރިއުޅެމުންދިޔަ މީހެކެވެ. އެ ސަރަހައްދުގެ އިޖުތިމާއީ ކަންކަމުގައި އިސްނަގައިގެން ގިނަ މަސައްކަތްތަކެއް އޭނާ ކުރި އިރު، އެމެރިކާގެ 20 ރައީސުންގެ ވެރިކަން ފަރަންސިސް ވަނީ ތަޖުރިބާކޮށްފައެވެ.
ފްރަންސިސް މަރުވިއިރު އޭނާއަށް މާމަ ކިޔާ ތިން ދަރިން ތިބިއިރު މުނިމާމަ ކިޔާ ފަސް ދަރިންނާއި މުނިމުނިމާމަ ކިޔާ ހަތަރު ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ