ސްޓެލްކޯ އިން އަންހެނުންނަށް ހާއްސަކޮށްގެން އިލެކްޓްރީޝަން ކޯހެއް ހިންގަން ނިންމައިފިއެވެ.
ސްޓެލްކޯގެ އޮފިޝަލެއް މިއަދު "ވަން" އަށް ބުނީ، "ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން"ގެ ނަމުގައި ހިންގާ އެ ކޯހަކީ އެ ކުންފުނިން ކުރިއަށް ގެންދާ ބިގިނާ ލެވެލްގެ ފުރަތަމަ ކޯސް ކަމަށެވެ. އެ ކޯހަކީ ހިލޭ ބައިވެރިވެވޭނެ ކޯހެއް ކަމަށާއި އެ ކޯހުގައި ކިޔަވައިދޭނީ ކަރަންޓާއި ގުޅޭ އަސާސީ ކަންކަމާއި ކަރަންޓު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއި ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މައުލޫމާތު ކަމަށްވެސް ބުންޏެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި އެ ކޯހުގައި 16 އަހަރުން މަތީގެ ކުދިންނާއި އަންހެނުންނަށް ބައިވެރިވެވޭނެއެވެ. މާލޭގައި ހިންގާ އެ ކޯސް ކުރިއަށްދާނީ ހަތަރު ދުވަހަށް، ކޮންމެ ދުވަހެއްގައިވެސް ތިން ގަޑިއިރު ކަމަށްވެސް ބުންޏެވެ.
އެ ކޯހުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ. އިތުރު މައުލޫމާތު ސްޓްލްކޯގެ ނަންބަރު 3338344 އަދި 3338336 އަށް ގުޅުމުން ނުވަތަ [email protected] މެއިލް ކޮށްގެން ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު