ގއ. ވިލިނގިލީގައި އުމުރުން ދުވަސްވީ މީހެއްގެ ކޭޝްކާޑު ބޭނުން ކޮށްގެން ވަގަށް ފައިސާ ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ 20:13 އެހާކަންހާއިރު ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކޭޝްކާޑު ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހުން ގއ. މާމެންދޫއިން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި، އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އެ މީހުން ހައްޔަރުކޮށް އެ މީހުން ދަތުރުކުރި ލޯންޗު ބަލައި ފާސްކުރި އިރު ކޭޝްކާޑު ބޭނުން ކޮށްގެން އެ މީހުން ވަގަށް ނެގި ކަމަށް ބެލެވޭ 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވޭ،" ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިލިނގިލި، ލައިފް، މުހައްމަދު ޝައިން ޝަމީޒް (22އ) އަދި ލ. ގަން، ތުނޑީ، ނޯތް ހެވަން، ހަމްދޫން ހަލީލް (24އ) ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު