ތުރުކީގެ އަންކާރާގެ އިމާރާތަކަށް ޓެރަރިސްޓު ހަމަލާއެއް ދީފިއެވެ.
ތުރުކީގެ އަންކާރާގައި ހުންނަ އެގައުމުގެ އެއިރޯ ސްޕޭސް ކުންފުންޏެއްގެ މައި އިމާރާތަކަށް ދިން އެ ހަމަލާގައި ހަތަރު މީހަކު މަރުވެފައިވާ އިރު، 14 މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.
ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔެރްލީކަޔާ ވިދާޅުވީ އެ ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން މަރާލާފައިވާ ކަމަށެވެ. އެ ހަމަލާ ދީފައިވަނީ އަންހެނަކާއި ފިރިހެނަކު ގުޅިގެން ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެއެވެ.
އޮފިޝަލުން ބުނީ ތުރުކީގެ ޓާކިޝް އެއިރޯސްޕޭސް އިންޑަސްޓްރީސްގެ އިމާރާތަށް ހަމަލާދިނީ ކޮންބައެއްތޯ ހޯދުމަށް އެމީހުންގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.
ޓެރަރިސްޓު ހަމަލާ ދީފައިވާ އެ އިމާރަތަކީ ހަނގުރާމަތަކުގައި ބޭނުންކުރާ ޑްރޯންތަކާއި ފައިޓަރު ޖެޓުތަކުގެ އިތުރުން ހަނގުރާމަމަތީ ވައިގެ އުޅަނދުތައް އުފައްދާ ތަނެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ