ކަރީނާ ކަޕޫރު ހާން މަޝްހޫރުވެފައިވަނީ ބޮލީވުޑްގައި އޭނާ ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުންނެވެ. ފިލްމީ ދާއިރާގައި 25 އަހަރު ފުރިހަމަ ކުރުމަށްފަހުވެސް، ރިސްކު ނަަގަން ބިރު ނުގަނެ ސްކްރީނުގައި ތަފާތު ކެރެކްޓަރުތައް ކުޅުމަށް ފަސްޖެހިފައި ނުވާ އެކްޓަރެއްގެ ގޮތުގައި އޭނާ ފާހަގަވެއެވެ.
ދާދި ފަހުން ދިން އިންޓަވިއެެއްގައި ކޮރެެއަން ޑްރާމާއަކުން ފެނިގެން ހިނގައިދާނެތޯ، އޭނާއާ ސުވާލުކުރެވުނެވެ. އެ ސުވާލަށް ކަރީނާ ދިން ޖަވާބުން ބޮލީވުޑް އަދި ކޭ-ޑްރާމާ ފޭނުން ތިބީ ފޮނިވެފައެވެ.
"ކާކަށް އެނގޭނީ؟ ޔަގީނުންވެސް، ކޮރެއަން ޑްރާމާއެއް ތަޖުރިބާކޮށްލަން އަހަރެން ވަރަށް ބޭނުން. އެއީ މުޅި ދުނިޔެ ބަލަމުން އެދަނީ އެމީހުންގެ ސީރީޒްތަކާއި ފިލްމުތައް، އަދި އެ އެއްޗެހި ވަރަށް މަގުބޫލު." ކަރީނާ ބުންޏެވެ.
ކަރީނާ ފާހަގަކުރިގޮތިގައި އިންޑިއަން ފިލްމުތަކަކީ އެމީހުންގެ ސަގާފަތާއި އާދަކާދަތަކާ އެއްގޮތަށް ހެދިފައިވާ އެއްޗިއްސެވެ. "އަހަރެމެމެންގެ ފިލްމުތަކަކީ އަހަރެމެންގެ ސަގާފަތާއި އާދަކާދަތަކާ އެއްގޮތަށް ހެދިފައިވާ އެއްޗެހި. އެއީ އަސްލު އެއްޗެހި. އަހަރެމެންގެ ލަވައާއި ޑާންސް، ޑްރާމާ، އެކްޝަން، އަދި ފިލްމުތަކުގައި އަހަރެމެންގެ ސަގާފަތް އެކުލެވޭތީ އުފާވޭ. އެއީ ވެސް އަހަރެމެން ތަފާތުވާ ކަމެއް. ކޮރެއަން އަދި ފްރެންޗް ސިނަމާ އަހަރެމެން ބަލަން، އެކަމަކު އަހަރުމެންނަށް އަދިވެސް އެންމެ
ބޮޑު އުފަލެއް ލިބެނީ އޮސްކާ ސްޓޭޖުގައި 'ނާޗް ނާޗް' އަށް ޑާންސްކުރާތީ."
ކަރީނާގެ ފާއިތުވި ކެރިއަރުގައި، ވަނީ ގިނަ އަދަދެއްގެ މަޝްހޫރު ފިލްމުތަކުގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި 'ކަބީ ޚުޝީ ކަބީ ގަމް'، 'ޗަމޭލީ'، 'ޖަބް ވީ މެޓް'، 'ކުރްބާން'، 'ތަލާޝް: ދަ އާންސަރ ލައިޒް ވިދިން'، 'އުޑްތާ ޕަންޖާބް' އަދި 'އޮމްކާރާ' ފަދަ ފިލްމުތައް ހިމެނެއެވެ.
އެންމެ ފަހުން އޭނާ ފެނިގެން ދިޔައީ 'ދަ ބަކިންގްހަމް މާޑާސް' އަދި 'ކްރޫ'ގައެވެ. މިހާރު ކަރީނާ އިންތިޒާރު ކުރަމުން އަންނަނީ އޭނާގެ ދެން އަންނަ ފިލްމު 'ސިންގަމް އަގެއިން' ރިލީޒްވުމަށެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ ނޮވެމްބަރު 1 ވަނަ ދުވަހުއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން