ނޮވެމްބަރު ހަތެއްގައި ރިލީސްކުރަން ހަމަޖައްސާފައިވާ ސީރީޒް "ސިޓަޑެލް ހަނީ ބަނީ" ބައި ވަރުން ދަވަން ފެނިގެންދާނެ ރޯލު އާންމުކޮށްފިއެވެ.
ސީރީޒްގެ ކުޑަ ޓީޒާއެއް މީސްމީޑިއާގައި ރިލީސްކޮށްފައިވާއިރު ވަރުންގެ ކެރެކްޓަރުކަމުގައިވާ ރާހީ ގަމްބީރުގެ ކުޑަ ތައާރަފެއް ވަނީ ދައްކާފައެވެ. މި ކެރެކްޓަރަކީ ޕްރިޔަންކާ ޗޯޕްރާގެ ކެރެކްޓަރު ކަމުގައިވާ ނާދިޔާއާ ގުޅުން ހުރި ކެރެކްޓާއެކެވެ.
މި ޝައުޤުވެރިކަން އިތުރުކުރުވާ ތައާރަފުގައި، ވީޑިއޯ ފެށެނީ ނާދިޔާ އޭނާގެ ދަރިފުޅަށް "ކަލޭގެ ކާފައަކީ އަހަރެން ދުށް އެންމެ ހަރުދަނާ މީހާ." މިހެންބުނާތަނުންނެވެ. ވީޑިއޯ ކުރިއަށްދާއިރު، ބަލާ މީހުންނަށް ފެންނަނީ ރާހީ ނުރައްކާތެރި އަމަލުތަކެއްގައި ބައިވެރިވާ މަންޒަރުއެވެ. އޭނާއަކީ ޓެރަރިސްޓެއް އަދި ކުށްވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެއްކަން ހާމަވެއެވެ. ނަމަވެސް ނާދިޔާ އޭނާ ދިފާއުކުރަމުން އެއީ "އަހަރެންގެ ބައްޕަ." މިހެން ބުނެއެވެ.
މި އާއިލީ ގުޅުން ހާމަވުމުން، ގިނަ ފަރާތްތަކެއްގެ ޝައުޤުވެރިކަން އިތުރުވެ، ސޯޝަލް މީޑިއާގައި އެކަމާ ގުޅޭގޮތުން ހިޔާލު ފާޅުކުރަމުން އެބަދެއެވެ. ގިނަ ބަޔަކު ވަރުން މި ތަފާތު ރޯލުގައި ފެނުމަށް ވަރަށް ބޮޑަށް އިންތިޒާރުކުރާކަން ވަނީ ކޮމެންޓްތަކުގައި ހިއްސާކޮށްފައެވެ.
[ސިޓަޑެލްގެ ކުރު ޓީޒާ](https://www.instagram.com/reel/DBX9E5TPM88/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==)
މި ސިލްސިލާގައި ފެނިގެންދާނެ އިތުރު ތަރީންގެ ތެރޭގައި ސަމަންތާ ރުތު ޕްރަބުއާއި ކޭ ކޭ މެނަން ހިމެނެއެވެ. މިކަމުގެ ސަބަބުން، މި ސިލްސިލާގެ ކުރިއަށް އޮތް އެޕިސޯޑުތަކަކީ އެކްޝަން ކަންތައްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ކޮންމެހެން ބަލަން ބޭނުންވާ އެއްޗަކަށް ވެގެންދާނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން