ކަރަން ޖޯހަރު، އޭނާގެ އާއިލާއިން އުފައްދާފައިވާ ޕްރޮޑަކްޝަން ހައުސް، ދަރުމާ ޕްރޮޑަކްޝަންސްގެ 50 އިންސައްތަ ހިއްސާ، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވިޔަފާރިވެރިޔާ އަދާރް ޕޫނައްވާލާއަށް ވިއްކާލައިފިއެވެ.
މި ވިޔަފާރީގެ މުއާމަލާތަކީ ގިނަ އަދަދެއްގެ ޝޯބިޒް މާހިރުން ހައިރާންކޮށްލުވި ކަމެކެވެ. ކަރަންގެ ދަރުމާ ޕްރޮޑަކްޝަނަކީ 1979 ގައި އޭނާގެ ބައްޕަ ޔާޝް ޖޯހަރް އުފެއްދި ކުންފުންޏެކެވެ. މި އަހަރުތަކުގެ ތެރޭގައި މި ކުންފުނިން ވަނީ "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ޚުޝީ ކަބީ ޣަމް"، "ކަބީ އަލްވިދާ ނާ ކެހެނާ"، "އަގްނީޕަތް" ފަދަ އެތައް ބްލޮކްބަސްޓާ ފިލްމުތަކެއް އުފައްދާފައެވެ. ދަރްމާގެ ފަހުގެ އުފެއްދުންތަކުގެ ތެރޭގައި ސުޕަހިޓް "ކިލް" އަދި އާލިޔާ ބަޓްގެ "ޖިގަރު" ހިމެނެ އެވެ. "ޖިގަރް" ވަނީ ފާއިތުވި ހުކުރު ދުވަހު ރިލީސްކޮށްފައެވެ.
އަދާރް ޕޫނައްވާލާއަކީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ އެވެ. މި ކުންފުނިން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ރެކޯޑު އަދަދަކަށް ކޮވިޝީލްޑް ވެކްސިން އުފެއްދިއެވެ. މީގެ އިތުރުން، ޕޫނަވައްލާއަކީ ޕޫނޭގައި މައި އޮފީސް ހުންނަ ޑިޖިޓަލް ނޮން-ބޭންކިން ކުންފުންޏެއް ކަމަށްވާ ޕޫނައްވާލާ ފިންކޯޕްގެ ބާނީ އެވެ.
ދަރްމާ ޕްރޮޑަކްޝަނުން މި ސްޓްރެޓީޖިކް ފިޔަވަޅު އިއުލާނުކޮށްފައި ވަނީ ނޫސްބަޔާނެއް މެދުވެރިކޮށެވެ. އެ ބަޔާނުގައި ވާ ގޮތުގައި ސީރަމް ކުންފުނިން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންސް އަދި ދަރްމެޓިކް އެންޓަޓެއިންމަންޓް (އެކުގައި "ދަރުމާ" ގެ ނަމުގައި) 1,000 ކްރޯޑް ރުޕީސްއަށް އިންވެސްޓްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. “އިންޑިއާގެ އެންމެ އިސް ޕްރޮޑަކްޝަން ހައުސްތަކުގެ ތެރެއިން އެއް ތަނަކީ ދަރުމާއެވެ. މި އިންވެސްޓްމަންޓް މެދުވެރިކޮށް، ސެރީން ޕްރޮޑަކްޝަނުން ދަރްމާގެ 50 އިންސައްތަ ހިއްސާ ގަންނާނެއެވެ." ބަޔާނުގައިވެއެވެ.
ފަހަކަށް އައިސް، ދަރްމާ ޕްރޮޑަކްޝަންސްގެ ހިއްސާ ރިލަޔަންސް ނުވަތަ ސަރެގާމާއަށް ވިއްކާލަފާނެ ކަމަށް އަޑުތަކެއް ފެތުރިފައިވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން