ރޯހިތު ޝެއްޓީގެ ކޮޕް ޔުނިވަރސް ފިލްމު، "ސިންގަމް އަގެއިން"ގެ ފުރަތަމަ ލަވަ "ޖައި ބަޖްރަންގްބަލީ" ރިލީސްކޮށްފިއެވެ.

މި ލަވައަކީ ހަނުމާން ޗަލީސާއިން އިންސްޕަޔާވެ ވެގެން ހަދާފައިވާ ލަވައެއް ކަމުން، މިއީ އިންޑިއާގައި މިހާރު ފާހަގަ ކުރަމުން އަންނަ ފެސްޓިވް މޫސުމާ ދިމާވާ ލަވައެކެވެ. މި ލަވައިގައި ހުނަރުވެރި ގިނަ ލަވަކިޔުންތެރީންތަކެއްގެ އަޑުއިވިގެންދެއެވެ. އޭގެ ތެރޭގައި ސްރީކްރިޝްނާ، ކަރީމުއްﷲ، އަރުން ކައުންދިންޔާ، ޗައިތު ސަތްސަންގީ، ސްރީ ސާއި ޗަރަން، ސުދާންޝު، ރިތެޝް ޖީ ރާއޯ، ސާތްވިކް ޖީ ރާއޯ، ޕްރުދްވީ ޗަންދްރާ، ލަކްޝްމީ ނައިޑޫ، އަދްވިތީޔާ، ސްރުތީ ރަންޖަނީ، ޕްރަނަތީ، އައިޝްވަރްޔާ ދަރޫރީ، ސަހިތީ ޗަގަންތީ، މަނީޝާ ޕަންދްރަންކީ، ޝްރުތިކާ، ލަކްޝްމީ މެގާނާ، ނާދަޕްރިޔާ އަދި ވާގްދެވީ ހިމެނެއެވެ.

ތަމަން އެސްގެ ހަލުވި އަދި ފޯރިގަދަ މިޔުޒިކާއި، މަޝްހޫރު ލިރިކްސް ލިޔުންތެރިޔާ ސްވަނަންދް ކިރްކިރެގެ މޮޅު ލިރިކްސްއާއެކު، މި ލަވައިގައި ވަރުގަދަ ފޯރިއެއް އުފެދޭފަދަ މޮޅުކަމެއް އެކުލެވިފައިވެއެވެ. މިއީ ފިލްމުގައި ފެނިގެންދާ އެކްޝަން މަންޒަރުތަކަށް ވަރަށް ރަނގަޅަށް ފެތޭ ލަވައެކެވެ.

"ސިންގަމް އަގެއިން" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 1 ނޮވެމްބަރު 2024 ގައެވެ. މި ފިލްމުގައި މަޝްހޫރު ގިނަ ތަރީންތަކެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި މައި ރޯލުގައި އަޖޭ ދެވްގަން، އަދި ކަރީނާ ކަޕޫރު ޚާން، ރަންވީރު ސިންގް، ދީޕިކާ ޕަދުކޯނެ، އަރްޖުން ކަޕޫރު، ޓައިގަރ ޝްރޮފް، އަކްޝޭ ކުމާރު، އަދި ޖެކީ ޝްރޮފް ފަދަ ތަރިން ހިމެނެއެވެ.

[ޖެއި ބަޖްރަންގްބަލީ ލަވަ](https://youtu.be/l_2ya_REWbk?si=ruccdOt1ApAxK_L-)