އިއްޔެ އެކަނި ވެސް އިންޑިއާގެ 20 ފްލައިޓަކަށް ބޮމުގެ އިންޒާރު ދީފިއެވެ.
އިންޑިއާގެ އޮފިޝަލުން ބުނީ އިއްޔެ އެކަނިވެސް އެގައުމުގެ 20 ފްލައިޓަކަށް ބޮމުގެ އިންޒާރު ލިބިފައިވާ ކަމަށާއި އޭގެތެރޭގައި އެތެރޭގެ އުދެހުންތަކުގެ ބޭނުންކުރާ ފްލައިޓުތަކުގެ އިތުރުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ ފްލައިޓުތައް ހިމެނޭ ކަމަށެވެ.
އޮފިޝަލުން ވަނީ ބޮޑެތި އެއާލައިންތަކުގެ ތެރެއިން އިންޑިގޯ އާއި އެއާއިންޑިއާގެ އިތުރުން އަކާސާ އެއާއަށް އެއިންޒާރު ލިބުނު ކަމަށް ބުނެފައެވެ.
އިންޑިގޯ އިން ވަނީ އެއެއާލައިންގެ ޖިއްދާ އިން މުމްބާއީއަށް އަދި ކޮޒިއްކޮޑޭ އިން ދަންމާމަށް ދަތުރުކުރި ފްލައިޓުގެ އިތުުރުން ދިއްލީއިން އިސްތަންބޫލަށާއި މުންމާއޫ އިން އިސްތަންބޫލަށް ދަތުރުކުރި ފްލައިޓުތަކަށް ބޮމުގެ އިންޒާރު ލިބިފައިވާކަމަށް ބުނެފައެވެ.
މީގެ އިތުރުން އިންޑިގޯގެ ޕޫނޭއިން ޖޯދްޕޫރަށާއި ގޯއާއިން އަހުމަދު އާބާދަށް ދަތުރުކުރި ފްލައިޓަށް ވެސް އިންޒާރު ލިބުނު ކަމަށް އެ އެއާލައިން އިން ބުނެފައިވެއެވެ.
ވިސްޓާރާ އިން ވެސް ވަނީ އެ އެއާލައިންގެ ހަ ފްލައިޓަކަށް އިންޒާރު ލިބުނު ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ދިއްލީ އިން ފްރެންކްފާޓް ފްލައިޓާއި ސިންގަޕޫރުން މުމްބާއީ އަދި ބާލީއިން ދިއްލީގެ އިތުރުން ސިންގަޕޫރުން ދިއްލީއަށް ދަތުރުކުރި ފްލައިޓަށް ހިމެނެއެވެ. އަދި ވިސްޓާރާއިން ސިްނގަޕޫރުން ޕޫނޭ އަދި މުމްބާއީ އިން ސިންގަޕޫރަށް ދަތުރުކުރި ފްލައިޓަށްވެސް އިންޒާރު ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ބޮމުގެ އިންޒާރު ލިބުމާއެކު އެކަމުގައި އަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅުތައް އަޅާފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ