އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ރާއްޖެއަށް ތައާރަފުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ނިންމެވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކަރުދާހަށް މިނިސްޓަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
އެގޮތުން ޔޫޕީއައި ތައާރަފުކުރުމަށްޓަކައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ލީޑް ކުރާ ގޮތަށް ކޮންސޯޓިއަމެއް ގާއިމުކުރުމަށް ރައީސް ނިންމެވި ކަމަށާއި އެ ކޮންސޯޓިއަމްގައި ރާއްޖޭގެ ބޭންކުތަކާއި ޓެލެކޮމް ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތައް އަދި ރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށްވެސް ކަނޑައެޅުއްވި ކަމަށް ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ޔޫޕީއައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސް ކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ލީޑުކުރާ ގޮތަށް ފިނޭންސް މިނިސްޓްރީ، ހޯމްލޭންޑް މިނިސްޓްރީ އަދި އެމްއެމްއޭ ހިމެނޭ އިންޓަ އެޖެންސީ ކޯޑިނޭޝަން ޓީމެއްވެސް ރައީސް މިއަދު އެކުލަވައިލުމަށް ނިންމެވި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު