މުމްބާއީ އިން ކޮލަމްބޯ އަށް ދަތުރުކުރި ފްލައިޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދީފިއެވެ.
އިއްޔެ އިންޑިއާގެ މުމްބާއީ އިން ސްރީ ލަންކާގެ ކޮލަމްބޯ އަށް ދަތުރުކުރި ވިސްތާރާ އެއާލައިންގެ ފްލައިޓު ކޮލަމްބޯއަށް ޖެއްސުމުގެ 10 މިނެޓު ކުރިން ވަނީ ބޮމެއް އޮތްކަމަށް ބުނެ އިންޒާރު ދީފައެވެ.
ބޮމުގެ އިންޒާރު ލިބުމާއެކު ކޮލަމްބޯ އެއާޕޯޓު ވަނީ އެލާޓަށް ގެނެސް ރައްކާތެރިކަމާ އެކު ވިސްތާރާ ފްލައިޓު ޖައްސާފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ފްލައިޓު ކޮލަމްބޯ އަށް ޖެއްސުމާ އެކު ވަނީ ފްލައިޓު އެއާޕޯޓުގެ ރައްކާތެރި ސަރަހައްދެއްގައި ޕާކުކޮށް އޭގެން ދަތުރުކުރި އެންމެން ފްލައިޓުން ބާލައި ހުސްކޮށްފައެވެ.
96 ފަސިންޖަރުންނާއި އަށް ކުރޫއިން ދަތުރުކުރި އެފްލައިޓު ހުސްކޮށް ކަމާބެހޭ އިދާރާތައް ގުޅިގެން ފްލައިޓު އެއްކޮށް ފާސް ކޮށްފައެވެ.
އޮފިޝަލުން ވަނީ އެފްލައިޓުން އެއްވެސް ނުރައްކަލެއް ފާހަގަ ވެފައި ނުވާކަމަށް ބުނެފައެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން ގުޅިގެން ވަނީ ހާއްސަ ތަހުގީގެއް ފަށައިފައެވެ.
އިންޑިއާއިން ލަންކާއަށް ދަތުރުކުރި ފްލައިޓަކަށް ބޮމުގެ އިންޒާރު ދީފައިވާ އިރު، މިދިޔަ ހަފުތާގައި އިންޑިއާގެ ގިނަ އަދަދެއްގެ ފްލައިޓުތަކަށް ބޮމުގެ އިންޒާރު ލިބިފައިވެއެވެ. އިންޑިއާގެ ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފްލައިޓުތަކަށް ބޮމުގެ އިންޒާރު ދެމުން އަންނަ ކަމަށް ޝައްކުކުރެވޭ އުމުރުން 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ