އަންނަ މަހު ބްރެޒިލްގައި އޮންނަ ޖީ-20 ސަމިޓަށް ނުދާނެ ކަމަށް ލަޑަމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.
ރަޝިއާގެ ރައީސް ޕޫޓިން ވިދާޅުވީ ޖީ-20 ސަމިޓަށް ދިއުމަކީ މުޅި ސަމިޓަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމެއް ކަމަށެވެ. އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އޭނާ ހައްޔަރުކުރުމުގެ އަމުރު ނެރެފައި އޮތުމަކީ ސަމިޓަށް ނުދާން ނިންމި ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕޫޓިން ވަނީ ހައްޔަރުކުރުމުގެ އަމުރުތަކަކީ ވަރަށް ފަސޭހަ އިން ނެރެވޭ އަމުރުތަކެއް ކަމަށާއި އެކަން ތަންފީޒު ކުރުމަކީ ނުވާ ކަންކަން ކަމަށް ވިދާޅުވެފައެވެ.
ހައްޔަރުކުރުމުގެ އަމުރެއް ނެރެފައި ވަނިކޮށް ޕޫޓިން ވަނީ މޮންގޯލިއާއަށްވެސް ވަޑައިގެންފައެވެ. އެ ދަތުރުގައި ޕޫޓިން އަށް އެއްވެސް ކަމެއްގައި ދަތިވެފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ