ޅ. އަތޮޅު، ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ.
ބަޔޮސްފިއާ ރިޒާވް ތަންތަނަކީ ގުދުރަތީ ދިރުންތަކުން މުއްސަނދި ސަރަހައްދުތަކެވެ. ޔުނެސްކޯގެ ހިމާޔަތުގައިވާ އެ ތަންތަނުގެ ވަކި ސަރަހައްދުތަކެއްގައި މަސްވެރިކަން ކުރުމާއި ގުދުރަތީ ރީތިކަމަށް ބުރޫ އަރައިފާނެ އަމަލުތައް ނުވަތަ މަސައްކަތްތައް ކުރުމަކީ މަނާ ކަމެކެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ އިތުރު ތިން ސަރަހައްދެއް ބަޔޮސްފިއާ ރިޒާވަކަށް ހެދުމަކީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.
އެކަމަށް ޕްރޮޕޯސަލަށް ހުޅުވާލުމުން ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށާއި އެއީ ޅ. އަތޮޅު ކަމަށެވެ. އަދި އެ މަސައްކަތް ވީހާވެސް އަވަހަށް ފަށަން ނިންމައި، ކައުންސިލަށް އަންގާފައިވާނެ ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.
"މިކަމަށް ބޭނުންވާ ފައިސާ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓިން ވަނީ ހަމަޖެހިފައި. އެހެންވީމަ މުހިންމު ކަމަކީ މިހާރު ރައިސޫލްޖުމްހޫރިއްޔާގެ އެ ވައުދުފުޅުގެ ތެެރެއިން ފުރަތަމަ ބަޔޮސްފިއާ ރިޒާވް މި އަންނަނީ ސިލެކްޓު ކުރެވި، ޅ. އަތޮޅުގައި ލަސްނުވެ ފެއްޓިގެން ދާނެ. އަތޮޅު ކައުންސިލަށްވެސް އަންގާފައި،" ތޯރިގު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ގާއިމުކޮށްފައިވަނީ ތިން ބަޔޮސްފިއާ ރިޒާވެކެވެ. އެއީ ފުވައްމުލަކާއި އައްޑޫ ސިޓީގެ އިތުރުން ބ. އަތޮޅެވެ.
ޚަބަރު
ޚަބަރު
ޚަބަރު