އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ފަންނިއްޔާތު މެދުވެރިކޮށް އިގުތިސޯދީ ފައިދާ ރާއްޖެއަށް ހޯދޭނެ ގޮތްތަކެއް އެކުލެވޭ މާސްޓާ ޕްލޭނެއް އެކުލަވައިލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ، މާސްޓާ ޕްލޭން އެކުލަވައިލާނީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތްތަކާއި އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތަކާއި އެ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގައި ރާއްޖޭގައި އަމަލުކުރާނެ ގާނޫނީ ފްރޭމްވޯކެއް ހިމެނޭ ގޮތަށް ކަމަށެވެ.
މީގެ އިތުރުން ސަރަހައްދީ ގައުމުތަކުން ވެސް އަމަލުކުރަމުންދާ ގޮތްތައް ބަލައި މާސްޓާ ޕްލޭން އެކުލަވައިލެއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންގެ ލަފާފުޅާއެކު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު ވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަ ޕްލޭނެއް އެކުލަވައިލުމަށްފަހު، އެކަމާ ގުޅޭ ކަރުދާސްތައް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން މަޖިލީހަށް ހުށަހެޅުމަށް ކެބިނެޓްގެ އިއްޔެގެ ބައްދަލުވުމުގައި ކަނޑައަޅުއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު