އީވް ކްލިނިކުން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލުމަށްފަހު އަނެއްކާވެސް އެ ހިދުމަތް ދޭން ފަށައިފިއެވެ.

އީވް ކްލިނިކުން އާސަންދަ ހިދުމަތް ދިނުން ހުއްޓާލީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. އެއީ، އާސަންދައިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެންނެވެ.

އީވް ކްލިނިކުން ބުނެފައިވާ ގޮތުގައި އެ ކްލިނިކަށް މިހާރު އާސަންދައިގެ ހިދުމަތްތައް ލިބޭނެއެވެ.

ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ހިދުމަތް ހޯދާ އީވް ކްލިނިކަކީ ތަފާތު ގިނަ ބަލިތަކަށް ފަރުވާ ދޭ ކްލިނިކެކެވެ އެ ކްލިނިކްގެ ހިދުމަތްތައް ފުޅާކުރުމަށް "ވެސްޓް ޕާކް" ވިންގް އަންނަ މަހު ހުޅުވުމަށް ވަނީ ނިންމައިފައެވެ.