'ވަން ޑިރެކްޝަން' ބޭންޑުން މަގުބޫލުވެފައިވާ ލަވަކިޔުންތެރިޔާ ލިއަމް ޕޭން ހޮޓަލެއްގެ ބެލްކަނިން ވެއްޓި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އުމުރުން 31 އަހަރުގެ ލިއަމް މަރުވެފައިވަނީ އާޖެންޓީނާގައި ހުންނަ ކަސާސުރު ޕަލޭމޯ ކިޔާ ހޮޓެލެއްގެ ބެލްކަނިން ވެއްޓިގެންނެވެ. ބެލްކަނިން ލިއަމް ވެއްޓުނީ ކިހިނެތް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ ކުއްލިވަކިވުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ސިހުން ގެނުވައިފައެވެ.
"ލަވަ ކޮމްޕޯސަރު އަދި ގިޓާރިސްޓް، އަދި ކުރިން ވަން ޑިރެކްޝަން ބޭންޑުގައިވެސް މަސައްކަތް ކޮށްފައިވާ ލިއަމް ޖޭމްސް ޕޭން ވަނީ ކޮޓަލުގެ ތިންވަނަ ފަންގިފިލާ އިން ވެއްޓި މިއަދު މަރުވެފައި" ލިއަމްގެ މަރާ ގުޅިގެން ޕޮލިހުން ނެރުނު ބަޔާނުގައިވެއެވެ.
ހޮޓަލުގެ މެނޭޖަރު ބުނިގޮތުގައި ހޮޓަލުގެ ފަހަތުން ބާރު އަޑެއް އޭނާއަށް އިވުނު ކަމަށާއި އެއީ ލިއަމްގެ ހަށިގަނޑުވެސް ޕޮލިހުންނަށް ފެނުނުތަން ކަމަށެވެ. މަރުވުމުގެ ކުރިން ސްނެޕްޗެޓުގައި ލިއަމް ހިއްސާކޮށްފައިވާ ފޮޓޯވަނީ ވައިރަލްވެފައެވެ. ބެލެވޭ ގޮތުގައި އެއީ އެންމެ ފަހުން އޭނާ ހިއްސާކޮށްފައިވާ ފޮޓޯއެވެ.
ބައެއް ހަބަރުތައް ބުނާގޮތުގައި އެ ހޮޓަލުން ވަނީ ރޭ ދަންވަރު ޕޮލިހުގެ 911 އަށް ގުޅާ ރުޅިގަދަ މީހެއް ހޮޓަލުގެ ތަކެތި ހަލާކުކުރަމުންދާ ކަމަށް ބުނެފައެވެ. އަދި އެ މީހާ ހުރީ ޑްރަގްސް ބޭނުން ކޮށްގެން ނުވަތަ ރާބޮއިގެން މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަަމަށް ވަނީ ބުނެފައެވެ.
ލިއަމް މަރުވިއިރު ހަތް އަހަރުގެ ފިރިހެން ކުއްޖެއް އެބަ ހުއްޓެވެ. އޭނާ ކުރިން ކައިވެނި ކޮށްފައިވަނީ ލަވަކިޔުންތެރިޔާ ޝެރިލްއާއެވެ. އެ ކައިވެނި ވަނީ 2018ގައި ރޫޅިފައެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް