ނެޓްފްލިކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ހޮލީވުޑްގެ އެކްޓަރު ބްރެޑް ޕިޓް ކުޅެފައިވާ 116 މިނެޓުގެ އެކްޝަން ތްރިލާ ފިލްމު "ވޯލްޑް ވޯ ޒީ" ވަނީ އެ ޕްލެޓްފޯމްގެ ގްލޯބަލް ޓޮޕް 10 ޗާޓުގެ ކުރިއަށް ޖެހިލައިފައެވެ.
ސްޓްރީމިން ޑޭޓާ އެއްކުރާ ވެބްސައިޓް ފްލިކްސްޕެޓްރޯލް އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި ހަފްތާގައި މި ފިލްމު ވަނީ 15 ގައުމެއްގައި އެންމެ ގިނައިން ބެލި ފިލްމުތަކުގެ ލިސްޓުގައި ހިމެނިފައެވެ. 2013 ވަނަ އަހަރު ނެރުނު މި ފިލްމަކީ ޒޮމްބީ އެޕޮކަލިޕްސްއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމު އަލުން ޗާޓުތަކަށް އަރާފައިވަނީ ނެޓްފްލިކްސްގެ ލައިބްރަރީއަށް ބައެއް ގައުމުތަކުގައި ފިލްމު އަލަށް އިތުރުކުރުމާ ގުޅިގެން ކަމަށް މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ވެރައިޓީ މަޖައްލާއިން ރިޕޯޓުކޮށްފައިވެއެވެ.
ފިލްމަށް އަލުން ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު، ފިލްމުގެ ދެވަނަ ބައެއް ނެރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދަނީ ތަފާތު ވާހަކަތައް ފެތުރެމުންނެވެ. ނަމަވެސް ޕެރަމައުންޓް ޕިކްޗާސް އިން މިހާތަނަށް މިކަމާ ގުޅޭގޮތުން ރަސްމީ އެއްޗެއް ބުނެފައެއް ނުވެއެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ޑައިރެކްޓަރު ޑޭވިޑް ފިންޗާއާއެކު ފިލްމުގެ ދެވަނަ ބައެއް ހަދަން މަސައްކަތް ފެށި ނަމަވެސް، ބަޖެޓުގެ މައްސަލަތަކާ ހުރެ އެ މަސައްކަތް ވަނީ ހުއްޓާލައިއެވެ. ބްރެޑް ޕިޓްގެ ޕްރޮޑަކްޝަން ކުންފުނި ޕްލޭން ބީ އިން ވެސް ފިލްމުގެ ދެވަނަ ބައެއްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް