ގއ. ވިލިނގިލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތުގެ 52 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު މީޑިއާތަކަށް ބުނީ ވިލިނގިލީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ އެންކާ ބްލޮކް އެތުރުމުގެ މަސައްކަތާއި ހާބަރު ޕޭވްމަންޓްގެ ކޮންކްރީޓް މަސައްކަތް ކަމަށެވެ.

ޖުމުލަ 107.86 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.

  • 59,536.80 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުން
  • 275 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
  • 613 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 105 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
  • 685 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން