މަގުބޫލު ތަރީންތަކެއް ލީޑުން ފެނިގެންދާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ލަވް އެންޑް ވޯގެ ޝޫޓިން ޑިސެމްބަރުމަހަށް ފަސްކޮށްފިއެވެ.
ތިނެސްކަން ލޯބީގެ ފިލްމެއް ގޮތަށް އުފައްދާ މިފިލްމުގައި އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ އިތުރުން ވިކީ ކުޝާލު ފެނިގެންދާނެއެވެ. މިއީ 2007 ވަނަ އަހަރުގެ ފަހުން ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ރަންބީރު ފެނިގެންދާނެ ފުރަތަމަ ފަހަރެވެެ.
ފިލްމުގެ ޝޫޓިން މިމަހު 10އަށް ތާވަލު ކޮށްފައި އޮތްނަމަވެސް މުމްބާއީއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ފިލްމުގެ ސެޓަށް ގެއްލުން ލިބިފައިވުމުން ޝޫޓިން ފެށުން ދެމަސް ފަސްކުރީ ކަމުގައި ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް މިކަމާ ސަންޖޭ މާބޮޑަށް ހާސްނުވާ ކަމުގައި ފިލްމާ ގުޅުން ހުރި ފަރާތަކުން މީޑިއާއަށް މައިލޫމާތުދެއެވެ. އޭނާ ބުނިގޮތުން ފިލްމުގެ ޝޫޓިން ލަސްވުމަކީ ފިލްމު އިތުރަށް ރަނގަޅުކުރުމަށް ލިބުނު ވަގުތުތަކެވެ. އެގޮތުން ފިލްމުގެ ސްކްރިޕްޓާއި ލަވަތަކުގެ މަސައްކަތް އިތުރަށް ފުރިހަމަ ކުރަން އޭނާ ވަނީ ފަށާފައެވެ. އާލިއާ، ރަންބީރު އަދި ވިކީއާއެކު ފިލްމާ ގުޅޭ އިތުރު ވޯކްޝޮޕުތަކެއް ވެސް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް ވެއެވެ.
ފިލްމު ލަވް އެންޑް ވޯ ރިލީސްކުރަން ހަމަޖައްސާފައިވަނީ އަންނަ އަހަރު އީދުގައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން