އައިޖީއެމްއެޗްގައި މަސައްކަތްކުރާ މާބަނޑު އަދި ޅަދަރިމައި މުވައްޒަފުންގެ ޑިއުޓީއަށް ލުއިދޭ އުސޫލު ބަދަލު ކުރުމުން، ފާޑުކިޔުން އަމާޒުވެ ކުރިން އޮތް ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ މާބަނޑު އަދި ޅަދަރިމައި މުވައްޒަފުންނަށް ޑިއުޓީގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން ހުއްޓާލުމާ ގުޅޭގޮތުން ނެރުނު މެމޯއާ ގުޅިގެން މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ނިންމުން ބަދަލުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އެ މެމޯގައި ޑިއުޓީއަށް ލުއި ދިނުން އެއްކޮށް ހުއްޓާލާ ކަހަލަ ގޮތަކަށް ދޭހަވާ ގޮތަށް އިބާރާތްކުރެވިފައިވީ ނަމަވެސް، މާބަނޑު މުވައްޒަފުންނަށް މިހާރުވެސް ދެމުންގެންދާ ލުއިތަކަށް ބަދަލެއް ނުގެންނަން ނިންމާފައިވާ ކަމަށެވެ.
"މި ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތް ދޭންޖެހޭ ސަރުކާރުގެ މައި ހޮސްޕިޓަލަށްވެފައި، ސިފްޓް ޑިއުޓީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި ފްލެކްސިބަލް ޑިއުޓީގެ ގޮތުގައި ކުރު ކުރުމުން، ހޮސްޕިޓަލުން ހިދުމަތް ހޯދާ ބަލި މީހުންނަށް އެކަށީގެންވާ ގޮތެއްގައި ހިދުމަތް ދިނުމަށް ދަތިވާތީ، މެނޭޖްމެންޓުން އުސޫލަށް ބަދަލު ގެނެސްފައިވަނީ ފްލެކްސިބަލް ޑިއުޓީ ދިގު މުއްދަތަކަށްދޭ ދިނުމަށް ކޮންމެވެސް ވަރެއްގެ ހަރުދަނާ ކަމެއް ގެނައުމަށްޓަކައި ފްލެކްސިބަލް ޑިއުޓީ ބޭނުންވާ މުވައްޒަފުން ހުށަހަޅުއްވާ ހާލަތަކަށް ރިއާޔަތްކޮށް އެ ހާލަތަކާ އެކަށީގެންވާ މުއްދަތަކަށް ފްލެކްސިބަލް ޑިއުޓީ ހަމަޖައްސައިދިނުމަށެވެ،" އައިޖީއެމްއެޗުން ބުންޏެވެ.
"ޅަ ދަރިމައިންނަށް މަސައްކަތް ކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޝިފްޓް ޑިއުޓީތަކުގައި ލުއިވާނެ ގޮތަށް ޝިފްޓް ހަމަޖެއްސުމާއި މަސައްކަތް ލުއި ޑިޕާޓްމެންޓްތަކަށް ވަގުތީ ގޮތުން ބަދަލުވުމަށް އެދޭ ޅަދަރިމައިންނަށް މަސައްކަތަށް ދަތިނުވާނޭހެން މި ބަދަލުތައް ދަނީ މިހާރު ވެސް ގެނެސްދެމުން،"
ނަމަވެސް މެނޭޖުމެންޓުން ގެނައި ބަދަލުގެ ސަބަބުން ހޮސްޕިޓަލުގައި މަސައްކަތްކުރާ ގިނަ މުވައްޒުންނަށް ކަންބޮޑުވުންތައް ހުރި ކަމަށް ހިއްސާކޮށްފައިވާތީ، އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ކުރިން އޮތް ގޮތަށް އުސޫލު ބަދަލު ކުރަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ދަތި ނުވާނޭހެން، މުވައްޒަފުން މަސައްކަތްކުރަން ފަސޭހަ ގޮތްތައް ހަމަޖައްސައިދީ، އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދިނުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު