"ބްރައިޓް ވިއު، ހިންނަވަރު އަތުޖެހި" އަކީ އުސޫލާ ހިލާފަށް ވިޔަފާރިކުރަމުންދާ ބައެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އުފެއްދުމަކީ "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު" ގައި ދަފުތަރު ކޮށްފައިވާ ފަރާތެއް ނޫން ކަމަށެވެ.
އަދި އެ އުފެއްދުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ ވެސް އެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަންބަރެއް ނޫން ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
"އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު" ގެ ދަށުން ދަފްތަރުކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެފްޑީއޭގެ "ދިރިތި" ޕޯޓަލްއިން ފެންނަން ހުންނާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެހެންކަމުން ކޯބާތަކެތި ގަތުމުގައި އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ. އަދި އުސޫލާ ހިލާފަށް އެއްވެސް ފަރާތުން ކާބޯތަކެތި ވިއްކަމުންދާނަމަ، އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު