ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، އެތަނަށް ރައީސް ޒިޔާރަތްކުރައްވާފައިވަނީ އިންޑިއާގެ ވިޔަފާރި މަރުކަޒު މުމްބާއީއަށް ވަޑައިގަތުމުގެ މަގުމަތީގައި ކަމަށެވެ.
ރައީސް، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ދަރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފައެވެ. އެ މަނިކުފާނު ތާޖް މަހަލަށް ޒިޔާރަތްކުރެއްވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު