ދެނުކު ކޮރެއާއިން ލުބުނާނުގައި ތިބި އެ ގައުމުގެ 97 މީހަކު ގައުމަށް ގެންގޮސްފިއެވެ.
މި މީހުން ގެންގޮސްފައިވަނީ ދެކުނު ކޮރެއާގެ މިލިޓަރީގެ ހާއްސަ ފްލައިޓެއްގައެވެ.
ދެކުނު ކޮރެއާގެ މިލިޓަރީގެ ކޭސީ-330 މަރުކާގެ ފްލައިޓުގައި އެގައުމަށް ގެންދިޔަ މީހުންނާއެކު ފްލައިޓު ޖައްސާފައިވަނީ ވެރިރަށް ސޯލްގެ ދެކުނުން އޮންނަ މިލިޓަރީ އެއާފީލްޑަކަށް ކަމަށް އޮފިޝަލުން ބުނެއެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޮލް ވަނީ ލުބުނާނުގައި ތިބި އެ ގައުމުގެ ހުރިހާ އެންމެން އަނބުރާ ގައުމަށް ގެނައުމަށް އަމުރުކުރައްވައިފައެވެ. އަދި އެއޮޕަރޭޝަނަށް ހާއްސަ މިލިޓަރީ ފްލައިޓެއް ވަނީ ހަމަޖައްސަވާފައެވެ.
ލުބުނާނުގައި ތިބި ދެކުނު ކޮރެއާގެ އާންމުން ގައުމަށް ގެންދިޔަ ނަމަވެސް އެ ގައުމުގައި ތިބި ޑިޕްލޮމޭޓުން ލުބުނާނުގައި މަޑުކުރާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ލުބުނާނުގައި ހިންގަމުންގެންދާ ގަތުލު އާންމުގެ ސަބަބުން ލުބުނާނު ދޫކޮށް އެތައް ލައްކަ ބަޔަކު ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުވެފައެވެ. ލުބުނާނުގައި ތިބި ބޭރު ގައުމުތަކުގެ މީހުންވެސް އެ ގައުމުތަކުން ހާއްސަ ފްލައިޓުތައް ފޮނުވައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ