މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދި ސިންގަޕޫރުގެ ކުރީގެ މިނިސްޓަރަކު ޖަލަށްލައިފިއެވެ.

ސިންގަޕޫރުގެ ހައިކޯޓުން އެގައުމުގެ ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު ސުބްރަމާނިއަމް އިސްވަރަން ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އެއް އަހަރަށެވެ. ހައިކޯޓުން ވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެއް އަހަރަށް އޭނާ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އިސްވަރަން ވަނީ އޭނާގެ މިނިސްޓަރު ކަމުގައި 311،882 އެމެރިކާ ޑޮލަރުގެ އަގު ހުރި ހަދިޔާ ހޯދައިފައެވެ.

ސުބްރަމާނިއަމް ހޯދައިފައިވާ ހަދިޔާތަކުގެ ތެރޭގައި ފޯމިއުލާ 1 ގްރޭންޑް ޕްރޮކްސް ބެލުމަށް ޓިކެޓާއި އަގު ބޮޑު ބައިސްކަލަކާއި ބަނގުރަލުގެ އިތުރުން ޕްރައިވެޓް ޖެޓު ދަތުރުތައް ވެސް ހިމެނެއެވެ.