އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅިގެން އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދަން ކުރި އިއުލާނު ބާތިލުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަންގަވައިފިއެވެ.
މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ އިގުތިސާދީ ހާލަތު ހުރި ގޮތުން މިވަގުތު އެފަދަ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ މަސްފެންގަނޑު ހަދަން ކުރި އިއުލާން ބާތިލުކުރުމަށް އަންގަވާފައިވާ ކަމަށެވެ.
އެ ފެންގަނޑަކީ މީގެ ކުރިން ވެސް އެތަނުގައި އޮތް ފެންގަނޑެއްކަން ޝަހީމް ފާހަގަކުރެއްވިއެވެ.
"އަސްލު އެ ފެންގަނޑަކީ މަރުކަޒު އެޅީއްސުރެ މުންނާރު ތިރީގައި އޮންނަ ފެންގަނޑެއް. އެތަން މަރާމާތުކުރުމުގެ މަސައްކަތް ދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ މަސްފެންގަނޑު ހެދުމަށް ޝައުގުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު