ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާ އަރުން އަހޫޖާގެ ފަޔަށް ވަޒަނެއް އަރައިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ގޯވިންދާގެ ފަޔަށް ވަޒަން އަރާފައިވަނީ އޭނާގެ މެނޭޖަރު އަތުން ބަޑިއެއް ވެއްޓި އެބަޑިން ނުކުތް ވަޒަން ގޯވިންދާގެ އަމިއްލަ ފަޔަށް އަރައިގެންނެވެ. އެހާދިސާ ހިނގާފައިވަނީ އޭނާ ދިރިއުޅޭ ގޭގައި ކަމަށާއި އެވަގުތު ގޯވިންދާ ދިޔައީ ކޮލްކަތާއަށް ދަތުރުކުރުމަށް ތައްޔާރުވަމުން ކަމަށް އޭނާގެ މެނޭޖަރު ބުނެފައިވެއެވެ.
އިއްޔެ ދުވަހުގެ ހެނދުނު ހިނގި އެ ހާދިސާއަށްފަހު މުމްބާއީގެ ހޮސްޕިޓަލެއްގައި ގޯވިންދާ އަށް ފަރުވާ ދެމުން އަންނަ އިރު ފަޔަށް ވަދެފައިވާ ވަޒަން ވަނީ ނަގައިފައެވެ.
ގޯވިންދާގެ ހާލު ސްޓޭބަލް ނަމަވެސް ފަޔަށް އަނިޔާވެފައިވުމުގެ ސަބަބުން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުން އަންނަ ކަމަށްވެސް އޭނާގެ މެނޭޖަރު ބުނެފައިވެއެވެ.
މުމްބާއީގެ ފުލުހުން ވަނީ އެހާދިސާ ހިނގިގޮތް ބަލައިފައެވެ. އަދި އެވަގުތު ގޯވިންދާ ބޭނުންކޮށްފައި ވަނީ އޭނާއަށް ލައިސަންސް ލިބިފައިވާ ބަޑިއެއް ކަމަށާއި އެހެން އެއްވެސް ފަރާތަކުން އިތުރު މައްސަލައެއް ހުށަހަޅާފައި ނުވުމުގެ ސަބަބުން އެމައްސަލަ އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ