ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސް، ކެބިނެޓަށް ގެންނެވި ބަދަލުތަކަކީ:
- – ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރުން
- – ހެލްތް މިނިސްޓުގެ މަގާމުގައި ހުންނެވި އަބްދުﷲ ހަލީލު ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރުން
- – ރައިސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް ހެލްތް މިނިސްޓަރުގެ މަގާމަށް އައްޔަންކުރުން
އެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ކެބިނެޓަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. ނަމަވެސް މި ބަދަލު ގެނައި ސަބަބެއް ރައީސް އޮފީހަކުން އަދި ނުބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު