ސްރީ ލަންކާގެ އާ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކާ ބައްދަލުކުރެއްވުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު އެ ގައުމަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ޖައިޝަންކަރު ލަންކާއަށް ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ. އެއް ދުވަހަށް ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމު ދެެމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ލަންކާގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތައް ބުނާ ގޮތުން، ޖައިޝަންކަރާއެކު ބާއްވަވާ މަޝްވަރާތަކުގައި އިންޑިއާގެ އެހީގައި ލަންކާގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކާއި މުސްތަގުބަލުގައި ހިންގުމަށް ހަމަޖެހިފައިވާ ބައެއް ޕްރޮޖެކްޓް ތަކާގުޅޭ މަޝްވަރާތައް ކުރާނެ ކަމަށެވެ.
ލަންކާގައި އަލަށް އިންތިހާބުވާ ކޮންމެ ރައީސަކުވެސް އެންމެ ފުރަތަމަ ދަތުރުފުޅު ކުރައްވަނީ އިންޑިއާއަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ