މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް، މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީ) އިން އަލުން ހުޅުވާލައިފިއެވެ.

މިފްކޯއަށް ސީއީއޯ އެއް ހޯދުމަށް މީގެކުރިން ކުރި އިއުލާން ބާތިލް ކުރީ ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިފެށޭ އޮކްޓޫބަރުމަހުގެ އަށް ވަނަ ދުވަހު 2:00 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ސީއީއޯގެ މުސާރައަކީ 12،000 އާއި 15،000 ޑޮލަރާ ދެމެދުގެ އަދަދެކެވެ.

މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން ކުރި އިއުލާންގައި ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، މަސްވެރިކަމާ ގުޅުންހުރި ކުންފުންޏެއްގައި މަދުވެގެން އަށް އަހަރު ދުވަސް ވަންދެން ހިންގުމުގެ ތަޖުރިބާ ލިބިފައިވުމާއި މަދުވެގެން ހަތަރު އަހަރު ދިވަހު މަސްވެރިކަމާ ގުޅުން ހުރި ބައިނައަގުވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށްވުން ހިމެނެއެވެ.

ޕީސީބީން މިފްކޯއަށް އާ ސީއީއޯއެއް ހޯދަނީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހް ރަޝީދު މިދިޔަ މޭމަހު އެމަގާމުން ވަކި ކުރުމަށްފަހުގައެވެ.