ތިން ރަށެއްގައި އައިސް ޕްލާންޓާއި އައިސް ސްޓޯރޭޖު ހެދުމަށް ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިފްކޯއިން ބުނީ، އެ އެއްބަސްވުމުގެ ދަށުން ތިން ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެ ރަށްތަކަކީ، ދ. މީދޫ، ދ. ބަނޑިދޫ އަދި ށ. ފުނަދޫއެވެ.
އެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނި ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އިލްޔާސް ހަނީފެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލަރު އީނާޒް ނަސީރެވެ.
މިފްކޯއިން ބުނީ މިއީ ޓިއުބު އައިސް އުފައްދާ ތިން އައިސް ޕްލާންޓް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު