އައްޑޫ ސިޓީގައި އުކާލާފައި ހުރި ގޮދަންފުށް ބަސްތާތަކެއް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯއިން ފެންނަ ފުށްބަސްތާތަކަކީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރުމުން ނައްތާލާފައިވާ ތަކެތި ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
ދައުރުވަމުންދާ ވީޑިއޯގައި ވާހަކަދެއްކި މީހާ ބުނެފައިވާ ގޮތުން އުކާލާފައިވާ ފުށަކީ އެސްޓީއޯ އިން ތުރުކީން ގެނައި ފުށެވެ. ފުށުގެ މުއްދަތު ހަމަނުވާ ނަމަވެސް ފަނި އަޅާފައި ހުރި އެ ފުށަކީ ހައެއް ނުވަތަ އަށެއްކަ މަސްދުވަހު އައްޑޫ ރައްޔިތުންނަށް ބޭނުންކުރެވޭހާ ފުށް ކަމަށްވެސް އެ މީހާ ބުނެއެވެ.
އެސްޓީއޯގެ ކޯޕަރޭޓް ބްރޭންޑިން އޮފިސާ ޔޫސުފް ޝާހު 'ވަން' އަށް ވިދާޅުވީ، އެ ވީޑިއޯއިން ފެންނަނީ އެކިފަހަރު މަތިން މުޅި ދެކުނުގެ ބޭނުމަށް ފޮނުވާފައި ހުރި ފުށް ކަމަށެވެ. އެއީ ހަމައެކަނި ތުރުކީ ބެޗުތައް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ބޭނުންކުރެވޭ ވަރަށްވުރެ ހަލާކުވެފައި ހުރުމުން، ފުށް ނައްތާލާފައިވަނީ އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް،" ޝާހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު