ލަންކާގެ އިންތިހާބީ ރައީސް ހުވާކުރެއްވުން މިއަދު ހެނދުނު އޮންނާނެއެވެ.

ސްރީލަންކާގައި ބޭއްވި އެ ގައުމުގެ ރިޔާސީ އިންތިހާބު ވަރުގަދަ ސިޔާސީ ލީޑަރުން ބަލިކޮށް ލަންކާގެ ވައަތު ފިޔައިގެ ކުޑަ ޕާޓީއަކުން ކުރިމަތިލެއްވި އަނޫރާ ކުމާރަ ޑިސަނަޔަކެ ވަނީ ކާމިޔާބު ކުރައްވާފައެވެ.

އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވި ކެނޑިޑޭޓުންގެ ތެރެއިން އަނޫރާ ކުމާރަ ޑިސަނަޔަކެ އަށް ވަނީ ވޯޓުލީ މީހުންގެ 43.31 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އަނޫރާއާ އެންމެ ގާތުން ވޯޓު ލިބިވަޑައިގެންފައިވަނީ އިދިކޮޅު ލީޑަރު ސަޖިތް ޕްރެމަޑާސާ އެވެ. ސަޖިތަށް ވަނީ 32.76 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ.

ވޯޓު ލިބިވަޑައިގެންނެވި ނިސްބަތުން ތިން ވަނައަށް ގޮސްވަފައިވަނީ ރަނިލް މިކްރަމަސިންހެވެ. ރަނިލް އަށް ލިބިވަޑައިގަތީ 17.3 އިންސައްތަ ވޯޓެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ވަރަށް އަމާންއޮމާންކޮށް ގޮސް އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ އަނޫރާ ކުމާރަ ޑިސަނަޔަކެ ކަމަށް އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން ވަނީ އާންމުކޮށް އިއުލާންކޮށްފައެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބީ ރައީސް ހުވާކުރެއްވުން މިއަދު އޮންނާނީ އެ ގައުމުގެ ރައީސް އޮފީހުގައި ބާއްވާ ކުޑަ ރަސްމިއްޔާތެއްގައި ކަމަށެވެ.