ލަންކާގެ ރިޔާސީ އިންތިހާބުގައި މިއަދު އޮންނަ އިރު 17 މިލިއަން މީހުން ވޯޓުލާނެ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ސްރީލަންކާގެ 10 ވަނަ ރައީސް ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގައި އެގައުމުގެ 22 މިލިއަން އާބާދީގެ ތެރެއިން ވޯޓުލުމުގެ ޝަރުތު ހަމަވަނީ 17 މިލިއަން މީހުންނަށެވެ.
2022 ވަނަ އަހަރު ލަންކާއަށް ކުރިމަތިވި އިގްތިސާދީ އަނދަވަޅަށްފަހު އެތައް މަހެއް ވަންދެން ކާބޯތަކެއްޗާއި ތެޔޮ ލިބުމުގައި ދަތިތައް ކުރިމަތިވެ ގައުމު ހަލަބޮލި ވުމުން އޭރުގެ ރައީސް ގޮޓަބަޔާ ވަނީ ގައުމު ދޫކޮށް ފިއްލަވާފައެވެ. ގޮޓަބަޔާގެ އިސްތިއުފާއާ އެކު ގައުމާ ހަވާލުވެވަޑައިގެންފައިވަނީ ރަނިލް ވިކްރަމަ ސިންހައެވެ.
މިއަދު ބާއްވާ ރިޔާސީ އިންތިހާބަށް ރަނިލްވެސް ރަނިލް ވަނީ ކުރިމަތިލައްވާފައެވެ. މީގެ އިތުރުން ފާހަގަ ކޮށްލެވޭ ފަރާތްތަކުގެތެރޭގައި އެގައުމުގެ ޖަނާތާ ޕާޓީން އަނޫކާ ކުމާރު ޑިސަނަޔަކައައި ސަމަގީ ޖަނާ ބަލަވެގަޔާ ޕާޓީން ސަޖިތް ޕްރަމަޑާސާ ކުރިމަތިލައްވައެވެ. އިންތިހާބުގައި އެންމެ ހަގު ކެންޑިޑޭޓަކީ އެ ގައުމުގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އެވެ.
ޖުމްލަ 38 ކެނޑިޑޭޓުން ކުރިމަތިލާފައިވާ ލަންކާގެ 10 ވަނަ ރައީސް ހޮވުމަށް މިއަދު ކުރިޔަށްދާ އިންތިހާބުގައި ވޯޓުލާން ފަށާފައިވަނީ އެގައުމުގެ ގަޑިން ހެނދުނު 07:00 ގައެވެ. ޖުމުލަ 13،134 ވޯޓުލާ މަރުކަޒު ބަހައްޓާފައިވާ މި އިންތިހާބުގެ ވޯޓުލުން ނިމޭނެ ކަމަށް އިލެކްޝަނުން ބުނެފައިވަނީ ހަވީރު 16:00 އެވެ. އަދި މިރޭ 21:30 ގައި ވޯޓު ގުނަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ