އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަދެއުޅުނު ލަންކާ ބަޔަކު ހައްޔަރުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ތިން މީހުން އިންޑިއާ ކަނޑުގެ ސަރަހައްދަށް އެތެރެވެފައިވަނީ އެއްޗެހިތަކެއް ސްމަގަލް ކުރުމަށް ކަމަށް މިހާތަނަށް ތަހުގީގަށް ހާމަވެފައިވެއެވެ.

އިންޑިއާގެ ކޯސްޓްގާޑުން ވަނީ ކުޑަ ޑިންގީއެއްގައި އެމީހުން ހަރަކާތްތެރިވެފައިވަނީ ޓަމިލްނާޑޫ އާއި 20 ނޯޓިކަލް މޭލު ބޭރުގައި ކަމަށް ބުނެފައެވެ.

ކޯސްޓްގާޑުގެ ބެލުމުގެ ދަށުން އެ ތިން މީހުންނާއި އެމީހުން ދުއްވި ޑިންގީ މަންޑަޕަން އައްސޭރިފަށަށް ގެންގޮސް މެރިން ޕޮލިހާ ވަނީ ހަވާލުކޮށްފައެވެ.