30 މިލިއަން ޑޮލަރުގެ ޑްރޯނެއް ހޫތީން ވައްޓާލައިފިކަމަށް އެމެރިކާއިން ކަށަވަރުކޮށްދީފިއެވެ.
އެމެރިކާގެ މިލިޓަރީން ވަނީ އެމްކިއު-9 މަރުކާގެ ޑްރޯނެއް ޔަމަނު ކައިރިއަށް ވެއްޓިފައިވާކަމަށާއި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އެމެރިކާއިން މިކަން ކަށަވަރު ކޮށްދީފައިވާއިރު ޔަމަނުގައި ހަރަކާތްތެރިވާ ހޫތީން ވަނީ ހޯމަ ދުވަހު އެމީހުންގެ ހަމަލާއެއްގައި ޑްރޯން ވައްޓާލާފައިވާކަމަށާއި ފާއިތުވި ދުވަސްތަކުގައި މިހާތަނަށް ތިން ޑްރޯން ވައްޓާލިކަމަށް ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން މެދުއިރުމަތީގައި ހަރަކާތްތެރިވަނީ އެމެރިކާގެ މިލިޓަރީއަށް ނިސްބަތްވާ ޑްރޯންތަކެކެވެ. ގާޒާ ހަނގުރާމަ ފެށުނުފަހުން ހޫތީން މިހާތަނަށް 10 ޑްރޯން ވައްޓާލާފައިވާކަމަށް ހޫތީން ބުނެފައިވެއެވެ. އަދި އެއީ އެމެރިކާގެ ޑްރޯންތަކެއް ކަމަށްވެސް ހޫތިން ބުނެފައިވެއެވެ.
ހަމާސް އާއި އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ އާންމުންނަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ހޫތީން ވަނީ މެދުއިރުމަތީގައި އިސްރާއީލަށް ވާގިވެރިވާ ފަރާތްތަކަށް ހަމަލާދޭން ފަށާފައެވެ. އަދި ރަތްކަނޑު ހުރަސްކޮށް އިސްރާއީލަށް މުދާ އުފުލާ އުޅަނދުތަކަށްވެސް ދަނީ ހަމަލާތައް ދެމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ