އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 402 އިމާމުން ތަމްރީނުކޮށްފައިވާ ކަމަށް އިސްލާމިިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިިނިސްޓްރީގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް 1000 އިމާމުން ތަމްރީނު ކުރުމެވެ. އެގޮތުން މިސްރު، މެލޭޝިއާ، ބުރޫނާއި އަދި އިންޑޮނޭޝިއާއަށް އިމާމުން ފޮނުވައިގެން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ އިމާމުން ތަމްރީނު ކުރުމުގު ޕްރޮގްރާމްގެ ތެރެއިން، ގދ އަދި ގއ. އަތޮޅުން 75 އިމާމުންނާއި ވ. އަތޮޅުން 40 އިމާމުންނާއި ފުވައްމުލަކު ސިޓީން 15 އިމާމުންނާއި ނ، ރ، ފ، ދ، ތ އަދި ލ އަތޮޅުން 272 އިމާމުންނާ އެކު ޖުމުލަ 402 ތާޒާކޮށް ތަމްރީނުވެފައިވާ ކަމަށެވެ.
"ޒުވާން ހަތީބުންގެ މަޝްރޫއު އަކީވެސް ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މަޝްރޫއެއް. ރަށްތަކުގެ އަހުލުވެރިން. ކައުންސިލުތަކުން. މައިންބަފައިން ވަރަށް ބޮޑަށް ބަލައިގަނެފައިވާ މަޝްރޫއެއް. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިއަހުގައި ބައެއް ރަށްރަށަށް އިންތިހާބުގެ ތެރޭގައި ޒިޔާރަތް ކުރެއްވި އިރުގައި، ބައެއް ރަށްތަށުން ލިބުނު ޝަކުވާއެއް މިހާރު ތިބި ހަތީބުންގެ ތެރެއިން ބައެއް ބޭފުޅުން އުމުރުން ދުވަސްވެ މުސްކުޅިވެފައޭ. ބައެއް ރަށްތަށުގައި އިމާމުން ގެންނަނީ ޖެހިގެން އުޅޭ ރަށުން،" ޝަހީމް ވިދާޅުވިއެވެ.
އިމާމުން ލިބުން ދަތިވަނީ އިމާމުކަމުގެ ސަނަދު ނުވަތަ އެކަމަށް ހުއްދަނެތުމުން ކަމަށާއި އެކަމަށްޓަކައި ޒުވާން ޖީލެއް ތަރުބިއްޔަތުވެފައި ނެތުމުން ކަމަށެވެ. އެކަމަށް ހައްލު ގެނެސްދޭނީ ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު