ސަލްމާން މިސްކިތާއި ރާއްޖޭގެ އިތުރު ފަސް ސަރަހައްދެއްގައި އިސްލާމިކް ލައިބްރަރީތައް ގާއިމް ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގައި ހުރި ލައިބްރަރީ މިދިޔަ އަހަރު ބަންދުކޮށްފައިވާ ކަމަށާއި އެހެންވެ މާލެ ސަލްމާން މިސްކިތުގައި އާންމުންނަށް ވަދެވޭ ގޮތަށް އިސްލާމީ ލައިބްރަރީއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.
"އެތަން ގާއިމުކުރާނީ ދިރާސާ ކުރާ މީހުންނަށް ފަސޭހައިން ދިރާސާ ކުރެވޭނެ ފަދަ ގޮތަކަށް، ޒަމާނީ ވަސީލަތްތަކާ އެކު. އަމާޒަކީ ޖެނުއަރީ މަހުގެ ކުރިން މި ލައިބްރަރީ އިފްތިތާހުކުރުން. އަދި އިސްލާމީ އެކި މަރުކަޒުތަކުގައި ވެސް ލައިބްރަރީތައް ގާއިމުރާނަން،" ޑރ. ޝަހީމް ވިދާޅުވިއެވެ.
- ގދ. ތިނަދޫ އިސްލާމިކް ސެންޓަރުގައި
- ރ. އުނގޫފާރުގައި ގާއިމުކުރާ އިސްލާމިކް ސެންޓަރުގައި
- ހއ. ދިއްދޫގައި ގާއިމުކުރާ އިސްލާމިކް ސެންޓަރުގައި
- އައްޑޫ ހިތަދޫގައި ގާއިމުކުރާ އިސްލާމީ ސެންޓަރު
- ފުވައްމުލަކުގައި ގާއިމުކުރާ ކީރީތި ގުރުއާނާ ބެހޭ މަރުކަޒުގައި
މީގެއިތުރުން ރާއްޖޭގައި އިސްލާމީ ދިރިއުޅުމާއި އިސްލާމް ދީނަށް ޒުވާނުންގެ މެދުގައި ހިތްޖެއްސުމަށްޓަކައި އެ މިނިސްޓްރީން ދަނީ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ.
އޭގެތެރެއިން އިމާމުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައި، އޭގެ ތެރެއިން 402 އިމާމުން ތަމްރީނުކޮށް ވަނީ ސެޓްފިކެޓް ހާސިލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު