އެފްރިކާ ބައްރުގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ ވެކްސިންގެ 150،000 ޑޯޒް އިނގިރޭސި ވިލާތުން ގަނެފިއެވެ.
އިނގިރޭސި ވިލާތުން ގަނެފައިވަނީ ޑެންމާކުގެ ބޭސް އުފައްދާ ކުންފުނި ބާވަރިއަން ނޯޑިކް އިން އުފައްދާ އެމްޕޮކްސް ވެކްސިންއެވެ. މިއީ ޑަބްލިޔުއެޗްއޯ އިން ހުއްދަ ދީފައިވާ ވެކްސިނެކެވެ.
އިނގިރޭސި ވިލާތުން އެމްޕޮކްސްގެ ވެކްސިން ގަނެފައިވީ ނަމަވެސް އެ ގައުމުން މިހާތަނަށް އެ ބަލީގެ ކްލޭޑް އެކެއް ނުވަތަ މިހާރު ފެތުރެމުން އަންނަ އެމްޕޮކްސްގެ ނުރައްކާ ވައްތަރުގެ ކޭސް އެއް ފެނިފައެއް ނުވެއެވެ.
އެ ގައުމުގެ ހެލްތް ސެކިއުރިޓީ އެޖެންސީން ވަނީ އެ ގައުމުން ކޭސް އެއް ފެނިފައި ނުވި ނަމަވެސް ބަލި ފެތުރުމުން ރައްކާތެރިވުމަށް އެ ގައުމުގައި ކޮންމެހެން ވެކްސިން ދޭންޖެހޭ މީހުންނަށް ދިނުމަށް ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ