ބަރަހަނާ ފޮޓޯއާއި މަންޒަރު ދައުރުކުރާ ޓެލެގްރާމް ގްރޫޕުތަަކުގެ މައްސަލަ ހައްލުކުރަން ގާނުން މިހާރުވެސް ފަރުވާ ލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރަހަނާ މަންޒަރު އާންމުކުރާ ޓެލެގްރާމް ގްރޫޕްތަކުގެ މައްސަލަ ހައްލުކުރަން ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަމަށް ފުލުހުން ގަބޫލުކުރޭތޯ ބެލުމަށް "ވަން" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން، ހެޑް އޮފް ސައިބާ އެނަލިސިސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފަޔާޒް އިސްމާއިލް ވިދާޅުވީ، އެފަދަ މައްސަލަތަކަށް މިހާރުވެސް ގާނޫނުން ފަރުވާ ލިބޭ ކަމަށެވެ.
ނަމަވެސް ޗެލެންޖަކީ، އެފަދަ މައްސަލަތަކުގެ ސަސްޕެކްޓަކީވެސް އަދި ވިކްޓިމަކީވެސް އެކަކު ކަމުގައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ޗެލެންޖަކަށް ވަނީ މިފަދަ ކަމެއް ހިނގައިގެން، ސޯޝަލް މީޑިއާގައި ބަރަހަނާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓެއް އުޅޭ ކަމުގައިވާ ނަމަ މީގައި ވިކްޓިމައިޒްވާ ފަރާތުން ހަމައެކަނި މި ވާހަކަ ދައްކަނީ. މީގަ ހެއްކަކީވެސް ސަސްޕެކްޓަކީވެސް އަސްލަށް ކަމަށް ބަލާނަމަ މިވަނީ ހުށަހަޅާ ފަރާތް. ހުށަހަޅާ ފަރާތުގެ ބަރަހަނާ ކޮންޓެންޓެއް ނުވަތަ ނޭކްޑް ކޮންޓެންޓެއް މިއުޅެނީ. އެހެންކަމުގައިވާ ނަމަ އެ ފަރާތަށް ދައުވާ ކުރާ ކަމުގައިވާ ނަމަ އެބަހުރި މި ޗެލެންޖެސް،" ފަޔާޒް ވިދާޅުވިއެވެ.
ފަޔާޒް ވިދާޅުވީ، އެފަދަ މައްސަލަތަކުގައި އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ފަޔާޒް ވިދާޅުވީ، އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ބަރަހަނާ މަންޒަރު ދައްކުވައިދޭ ޓެލެގްރާމް ގްރޫޕްތައް ފެތުރިގެން ގޮސްފިނަމަ އެކަން ހުއްޓުވަން ގާނޫނީ ގޮތުން ބޮޑެތި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް އިތުރުވާނަމަ އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ގާނޫނީ ގޮތުން އެމެންޑްމެންޓެއް (އިސްލާހެއް) ގެންނަން ޖެހޭ ކަމަށް،" ފަޔާޒް ވިދާޅުވިއެވެ.
ފަޔާޒް އިތުރަށް ވިދާޅުވީ، ބަރަހަނާ މަންޒަރުތައް ދައުރުކުރުމުގައި އެކި އުކުޅު ބޭނުންކުރާ ކަމަށާއި ބައެއް ފަހަރު ސޯޝަލް މީޑިއާއަށް ދޫކޮށްލާ ފޮޓޯއާއި ވީޑިއޯ އެޑިޓްކޮށްގެންވެސް އެކަންކަން ކުރާ ކަމަށެވެ. އަދި ބައެއް ފަހަރު، އިތުބާރުކޮށްފައި ފޮނުވާލާ ބަރަހަނާ ފޮޓޯ ނުވަތަ ވީޑީއޯގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޓެލެގްރާމް ގްރޫޕްތަކާ ހަމައަށްވެސް ފޯރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު