އިންޑިއާއިން އެމްޕޮކްސްގެ ކޭސް އެއް ފެނިއްޖެއެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީ އިން ވަނީ އެގައުމުން ފެނިފައިވާ އެމްޕޮކްސްގެ ފުރަތަމަ ކޭސް ފެނިފައިވަނީ ފިރިހެނެއްގެ ފަރާތުން ކަމަށް ބުނެފައެވެ.

ހެލްތް މިނިސްޓްރީ އިން ބުނީ އެ މީހާ ވަނީ ދާދި ފަހުން އެމްޕޮކްސް ފެތުރޭ ކަމަށް އިއުލާން ކޮށްފައިވާ ގައުމަކަށް ދަތުރު ވެސް ކޮށްފައެވެ.

އެމްޕޮކްސް ފެނުނު ބަލިމީހާ މިހާރު ވަނީ އައިސޮލޭޓްކޮށް ފަރުވާ ދޭން ފަށާފައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާއިން ފެނިފައިވަނީ އެމްޕޮކްސްގެ ކޮން ބާވަތެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އިންޑިއާގެ ހެލްތް މިނިސްޓްރީ އިން ވަނީ އިތުރު ޓެސްޓުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އިންޑިއާއިން ބަލި ފެނިފައިވާ އިރު، މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ތައިލެންޑުން ވެސް ވަނީ އެމްޕޮކްސްގެ ކޭސް އެއް ފެނިފައެވެ.