ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ބާރު ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލަކުން ޖެހުނު ކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:48 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ އަތުގައި ލައިސަންސް ވެސް ނެތްކަން އެނގިފައިވެއެވެ.
އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި މަރުވީ ސައިކަލު ދުއްވަން އިން މީހާއެވެ. އޭނާއަކީ ލ. އިސްދުއަށް ނިސްބަތްވާ، ހަސަން ސަމާހް އެވެ. އޭނާ އަކީ ކަރެކްޝަންސްގެ އޮފިސަރެއްކަން އެނގިފައިވެއެވެ.
އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން މީހާއަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއްވެފައެވެ. އެގޮތުން އޭނާގެ މޫނު މަށަވައިގެން ގޮސް ބޮލަށްވެސް ވަނީ އަނިޔާ ލިބިފައެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދު ކޯޑައުންކޮށް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު