ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ އިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދައުރު އޮންލައިން އެޑިޓަރު މޫސާ ލަތީފަށް ސަރުކާރުން މިއަދު ދީފިއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު މޫސާ ލަތީފަށް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ހއ. ދިއްދުއަށް އުފަން މޫސާ ލަތީފު ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދި، އެ ދާއިރާއަށް ވަދެވަޑައިގެންނެވީ 1987 ވަނަ އަހަރުއެވެ. ނަމަވެސް ވަޒީފާއެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއަށް ވެންނެވީ 1989 ގައި އޭރުގެ 'ހަވީރު' ނޫހަށެވެ.
އެ ނޫހުގެ ކުޅިވަރު ރިޕޯޓަރެއްގެ ވަޒީފާއިން ފެށިގެން ސީނިއާ ރިޕޯޓަރުކަމާއި ސަބް އެޑިޓަރުކަމާއި އެސިސްޓެންޓް އެޑިޓަރުކަމާއި ސީނިއާ އެސިސްޓަންޓް އެޑިޓަރުކަމާއި އެކްޓިން އެޑިޓަރުކަން ކުރެއްވި އެވެ. އަދި 2010 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 1 އޭޕްރިލް 2016 ގައި 'ހަވީރު' ނޫސް ވަގުތީ ގޮތުން ހުއްޓާލަންދެން އެޑިޓަރުކަން ކުރައްވަމުން ގެންދެވީ މޫސާ ލަތީފެވެ.
ނޫސްވެރިކަމުގެ ރޮނގުން 2001 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންފައިވާ މޫސާ ލަތީފު، ނޫސްވެރިކަމުގެ އެންމެ ބޮޑު އެ މަސައްކަތަކަށް ވެގެންދިޔައީ 7 ފެބްރުއަރީ 2012ގެ ހާދިސާ ގުޅޭ ގޮތުން ލިޔުއްވި ފެބްރުއަރީ 7ގެ ފޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު